Master of Shariah and Islamic Studies      

 

Program Synopsis

Villa College is offering Master of Shariah and Islamic Studies to you to provide the opportunity to enhance your islamic knowledge and competencies without sacrificing your professional and career development.


Why study Master of Shariah and Islamic Studies with us
This programme is designed by Faculty of Shariah and Islamic Studies of Villa College with the contribution of professionals and experts of Islamic Education in the Republic of Maldives, This program is approved by Maldives Qualification Authority(MQA)


Flexibility
Advantage of completing your study at your own pace. Program is offered during  weekends.


Affordability
Reasonable fees payable by installments (2 installments in a semester)


Quality
Modules will be taught by highly qualified and experienced lecturers


Duration:1 year 8 months (5 trimesters)


Entry Criteria: Bachelor's Degree ; OR equivalent qualifications. Note: Applicants with other relevant qualifications can be considered on case-by-case basis for admission.


Intake: September/ May/ January


Tuition Fee: Tuition fee per module - Mrf 5,000 Tuition fee for the program - Mrf 65,000

 

Modules

In order to award the Master of Shariah and Islamic Studies, students are required to pass the following 13  modules.


          

1

دفاع عن القرآن الكريم

DEFENDING THE HOLY QURAN

މި މާއްދާއަކީ ކީރިތި ޤުރްއާނުގެ މަތިވެރި މުޢްޖިޒާގެ ޙަޤީޤަތާއި ޤުރުއާނޭ ބެހޭގޮތުން މުސްތަޝްރިޤުންނާއި އިސްލާމްދީނުގެ ޢަދުއްވުން ކުރަމުންދާ ދޮގު ދަޢުވާތަކަށް ޢިލްމީގޮތުން ރައްދުދޭނެ މާއްދާއެކެވެ. މިގޮތުން ޤުރްއާނަކީ ﷲގެ މަތިވެރި ވަޙީކަމާއި އެއީ ދެމިގެންވާ މަތިވެރި މުޢްޖިޒާއެއްކަން ތަފްޞީލުކޮށް ޢިލްމީ ޙަޤީޤަތްތަކުގެ އަލީގައި ބަޔާންކޮށްދޭނެއެވެ.

2

دراسات في أحاديثالأحكام

STUDIES IN THE SAYINGS OF THE PROVISIONS

މި މާއްދާއަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ ޙުއްޖިއްޔަތާއި އެސުންނަތުގައި ބަޔާންވެގެންވާ އިސްލާމްދީނުގެ ޙުކުމްތަކާ ގުޅިފައިވާ ޙަދީޘްތަކުގައިވާ ޙުކުމްތައް އުނގަންނައިދޭ މާއްދާއެކެވެ.

3

فقه المعاملات

JURISPRUDENCE OF TRANSACTIONS

މި މާއްދާއަކީ ވިޔާފާރީގެ މުޢާމަލާތްތަކާބެހޭ ފިޤުހު އުނގަންނައިދޭ މާއްދާއެކެވެ. މި މާއްދާގެ ޛަޜީޢާއިން ވިޔަފާރިއަކީ ކޮބައިކަމާއި އޭގެ ހަމަތަކާއި އުޞޫލުތަކާއި ހުއްދަ ކަންކަންކަމާއި ޙަރާމްވިޔަފާރިއާއި އިންޝުރެންސުގެ ޙުކުމްގެ މައްޗަށް މިޒާނުގެ ދަންނަބޭކަލުން ހާމަކުރައްވާފައިވާ ރައުޔު ތައް ތަފްޞީލާއެކު ބަޔާންކޮށްދޭނެއެވެ.

4

فقه الأسرة

FIQH OF THE FAMILY

މި މާއްދާއަކީ ކައިވަންޏާއި ކާވެނީގެ ރަނާއި ވަރިއާއި ޢިއްދައާއި ރުޖޫޢަކުރުމާއި ނަފަޤާތް ދިނުމާއި ޚުލްޢުކުރުމާއި ފަސްޚުކުރުމާއި އިލާއުއާއި ޙަޟާނަތާއި ލިޢާނާއި ނަސަބުގެ ޙުކުމްތަކާއި ޡިހާރުގެ ޙުކުމްތަށް ތަފްޞީލުކޮށް ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުގެ އަލީގައި ބަޔާންކޮށްދޭ މާއްދާއެކެވެ.

5

فقه الجنايات

CRIMINAL JURISPRUDENCE

މި މާއްދާއަކީ ޙުދޫދާއި ޤިޞާޞްގެ ޙުކުމްތައް އުނގަންނައިދޭ މާއްދާއެކެވެ. މިގޮތުން ޤިޞާޞްގެ ޙުކުމްތަކާއި ޙުދޫދުގެ ޙުކުމްތައް ތަފްޞީލްކޮށް ބަޔާންކޮށްދޭނެއެވެ. އެ ޙުދޫދުތަކުގެ ތެރޭގައި ޤަޛުފުގެ ޙުކުމްތަކާއި ވައްކަމުގެ ޙުކުމާއި ރާބުއިމުގެ ޙުކުމާއި ޙިރާބާގެ ޙުކުމް ބަޔާންކޮށްދޭނެއެވެ. އަދި މީގެ އިތުރުން ތަޢްޒީރުކުރުމުގެ ޙުކުމްތަކަށް ވެސް އަލިއަޅުވާނެއެވެ.

6

المقاصدالشرعية

LEGITIMATE PURPOSES

މި މާއްދާއަކީ އިސްލާމްދީނުގެ ޙުކުމްތައް ކަނޑައެޅިގެންވާ މަޤާޞިދުތަކާބެހޭ ގޮތުން އުނގަންނައިދެވޭ މާއްދާއެކެވެ. މިގޮތުން މަޤާޞިދުތަކުގެ މާނައާއި އޭގެ ޟަވާބިޠުތަކާއި އޭގެ ޝަރުޠުތަކާއި މަޤާޞިދުތަކާއި ފިޠްރަތާ ގުޅުންހުރި މިންވަރާއި މަޞްލަޙާާއި މަފްސަދާގެ މަފްހޫމާއި އޭގެ ޙުކުމްތައް ވެސް ބަޔާންކޮށްދޭނެއެވެ.

7

السياسة الشرعية

ISLAMIC LEGITIMACY POLICY

މި މާއްދާއަކީ އިސްލާމްދީނުގެ ޝަރުޢީ ސިޔާސަތު ކަނޑައެޅުމުގެ ހަމަތަކާއި އުޞޫލުތަށް އުނގަންނައިދޭ މާއްދާއެކެވެ. މިގޮތުން އިސްލާމީ ދައުލަތުގެ ފިކުރީ އިދާރީ މާލީ ޖުޑިޝަރީ ނިޒާމުގެ އަސާސްތައް ބަޔާންކޮށްދޭނެއެވެ.

8

مناهجالبحث

RESERCH METHODS

މި މާއްދާއަކީ ޢިލްމީ ދިރާސާތައްކުރުމުގެ ހަމަތަކާއި އުޞޫލުތަކާއި ޢިލްްމީ މަޞްދަރުތަކުން މަޢްލޫމާތު ހޯދުމުގެ މަގުތަކާއި މި ނޫނަސް ޢިލްމީ ދިރާސާތައް ކުރުމުގެ އުޞޫލުތައް އުނގަންނައިދޭ މާއްދާއެކެވެ.

9

اصول الفقه

JURISPRUDENCE

މި މާއްދާއަކީ އުޞޫލުލްފިޤުގެ މުހިންމު ބައިތައް އުނގަންނައިދޭ މާއްދާއެކެވެ. މިގޮތުން އިސްލާމްދީނުގެ މަޞްދަރުތަކުގެ ތެރެއިން އިއްތިފާޤުވެފައިވާ މަޞްދަރުތަކާއި އިޚްތިލާފްވެފައިވާ މަޞްދަރުތަކާއި އެ މަޞްދަރުތަކާބެހޭ ގޮތުން ދަންނަބޭކަލުން ފާޅުކުރައްވާފައިވާ ރައުޔުތައް މި މާއްދާގެ ޛަރީޢާއިން ކިޔަވައިދެވޭނެއެވެ.

10

حقوق الإنسان في الإسلام والمواثيق الدولية

HUMAN RIGHTS IN ISLAM AND INTERNATIONAL CONVENTIONS

މި މާއްދާއަކީ އިންސާނީ ޙައްޤުތަކުގެ މުހިންމުކަން އަންގައިދޭ މާއްދާއެކެވެ. މިމާއްދާގެ ޛަރީޢާއިން އިންސާނީ ޙައްޤތަކުގެ މުހިންމުކަމާއި އެޙައްޤުތަށް ދަމަހައްޓަކައި ރައްކާތެރިކުރުމަށް އިސްލާމްދީން ބާރު އަޅާފައިވާ މިންވަރާއި އިންސާނީ އަސާސީ ޙައްޤުތައް އިސްލާމްދީން ރައްކާތެރިކޮށްދީފައިވާ މިންވަރު ބަޔާންކޮށްދޭނެއެވެ. މީގެ އިތުރުން އެހެނިހެން ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙައްޤުތައް ވެސް އުނގަންނައިދެވޭނެއެވެ. އެއާއެކު އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއާއި ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނު ވެސް ދިރާސާކުރާނެއެވެ.

11

نظام القضاء  في الإسلام

JUSTICE SYSTEM

މި މާއްދާއަކީ ފަނޑިޔާރުކަމާބެހޭ ގޮތުން އުނގަންނައިދެވޭ މާއްދާއެކެވެ. މިމާއްދާގެ ޛަރީޢާއިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައްޔާއި ޚަލީފާއިންނާއި އިސްލާމީ ތާރީޚުގެ މުހިންމު މަރްޙަލާތަކުގައި ފަނޑިޔާރުކަން ކޮށްފައިވާ ގޮތާއި ފަނޑިޔާރުންގެ އަދަބު އަޚްލާޤު އުނގަންނައިދެވޭނެއެވެ.

 

12

قضايا فقهية معاصرة

CONTE,PORARY FIQH ISSUES

މި މާއްދާއަކީ އިސްލާމީ ފިޤުހުގެ ތެރެއިން ޒަމާނީ މައްސަލަތަކާގުޅިގެން ދަންނަބޭކަލުން ފާޅުކުރައްވާފައިވާ ރައުޔުތަކާއި ފަތުވާތަށް އުނގަންނައިދޭ މާއްދާއެކެވެ.

13

طرق وسائل الإثبات

WAYS AND MEANS OF PROOF

މި މާއްދާއަކީ ހެއްކާއި ޤަރީނާއާއި ކަންކަން ސާބިތުކުރުމުގައި އިސްލާމީ ޝަރީޢަތުގައި ކަންޑައަޅުއްވާފައިވާ އުޞޫލުތަކާއި ހަމަތައް ދަސްކޮށްދޭ މާއްދާއެކެވެ.  މިގޮތުން ހެއްކާއި ޤަރީނާއާއި އޭގެ ނިޞާބާއި، ޒަމާނީ ކަންކަމުގެ ތެރެއިން ޑީއެންއޭ ފަދަ ވަސީލަތްތަކުގެ ބޭނުންކުރުމާމެދު ދަންނަބޭކަލުންގެ ރައުޔުތައް މި މާއްދާގެ ޛަރީޢާއިން އެނގިގެންދާނެއެވެ.

 

About Us | Sitemap | Accessibility | Wallpapers | Jobs | Feedback
Copyright (C) 2010 Villa College, Maldives. All Right Reserved.
Developed By BIT Batch 2, Faculty of Computing & Business Management, Villa College.
Affilated Partners