Master of Teaching Dhivehi Language

Postgraduate

Prog Card

Master of Teaching Dhivehi Language

Master of Teaching Dhivehi Language

Course Fee

MVR 4,350 per months x 15 months

Awarding Body
Villa College
Intake
January / May / September
Duration
1 Year
MNQF
Level 9
Mode
Online
Code
MTDL

Programme Details

Introduction

މާސްޓަރ އޮފް ޓީޗިން ދިވެހި ލޭންގުއޭޖް ޕޮރޮގްރާމަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން އުނގަންނައިދިނުމާއި، މުޤައްރަރަށް އަންނަމުންދާ ފަހުގެ ގޮންޖެހެވެނިވި ބަދަލުތަކަށް ރިޢާޔަތްކޮށް އެ ކަންކަމަށް މުދައްރިސުން އަހުލުވެރިކުރެވޭނެ މަގުކަށަވަރުކޮށް، ޤާބިލު މުދައްރިސުންތަކެއް އުފެއްދުމުގެ މަޤުޞަދު ޙާސިލުކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ޕޮރޮގްރާމެކެވެ. ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ގްރޭޑްތަކަށް ކިޔަވައިދެވޭނެ ފެންވަރުގެ ޓީޗަރުން ބިނާކުރުމަށް އަމާޒުކުރާ މި ޕްރޮގްރާމުގެ ޒަރިޢްޔާއިން، ދަރިވަރުން އަހުލުވެރިކުރެވޭނޭ ދާއިރާތަކުގެތެރޭގައި، ދިވެހި ބަހުގެ އޮނިގަނޑާއި ބަހުގެ ހަމަ، ދިވެހި ބަހުގެ އަދަބިއްޔާތު، އަދި ދިވެހި ތާރީޚާއި އާދަކާދަ ހިމެނެއެވެ. މީގެ އިތުރަށް އުނގެނުމާއި އުނގަންނައިދިނުމުގެ އެންމެފަހުގެ ނަޒަރިއްޔާތަކާއި އުކުޅުތަކަށް ލޯހުޅުވުމަށް ވެސް މަގުފަހިވެގެންދާނެއެވެ. ޖުމުލަގޮތެއްގައި، ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ކުރިމަތިލާނެ ޤާބިލުކަން މިޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް އުނގަންނައިދެވިގެންދާނެއެވެ.

ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަގްޞަދުގައި މާސްޓާރސް ޕްރޮގްރާމުގެ 60 ކްރެޑިޓް ފުރިހަމަ ވުމުން ދަރިވަރުންނަށް ޕޯސްޓް ގްރެޑުއޭޓް ސެޓްފިކެޓް އިން އެޑިއުކޭޝަން އިންޓަރިމް އެވޯޑެއްގެގޮތުގައި އެރުވިގެންދާނެއެވެ. މި އިންޓަރިމް އެވޯޑަކީ އުނގަންނައި ދިނުމުގައި ބޭނުން ހިފަންޖެހޭ އުސޫލުތަކާއި ހުނަރުތައް އަދި ސުކޫލް ފެންވަރުގައާއި، ޢަމަލީ މައިދާނުގައި ޢިލްމީ ދިރާސާ ކުރުމުގެ ޤާބިލުކަން ލިބިދިނުމަށް ތައްޔާރު ކުރެވިފައިވާ އެވޯޑެކެވެ.

General Entry Criteria

  • A related Bachelor’s Degree OR

  • A related Graduate Diploma at Level 8

Core Modules

  1. Promoting Successful Learning

  2. Educational Research

  3. Maldivian History and Culture

Award Postgraduate Certificate in Education

  1. Examining Structure of Dhivehi Language

  2. Analysis of Dhivehi Literature

Option 1: (Route for teachers with teaching qualifications)

  1. Research Project

Award Master of Teaching Dhivehi Language

Option 2: (Route for teachers without teaching qualifications)

  1. Professional Experience; AND

  2. Capstone Project; OR

  3. Action Research

Award Master of Teaching Dhivehi Language

Course Fee: MVR 4,350 per months x 15 months

ކާމިޔާބުކަމާއިއެކު މި ޕްރޮގްރާމް ފުރިހަމަ ކުރުމުން ތިރީގައިވާ ކަންތައްތައް ދަރިވަރުންނަށް ޙާޞިލުވާނެއެވެ.

  • ތަފާތު ޙާލަތްތަކުގައި ކިޔަވައި ދިނުމުގައި ކުރިމަތިވާ މައްސަލަ ތަކަކީ ކޮބައިކަން ދެނެގަނެ އެކަމާ ގުޅުންހުރި ކަންކަން ފާހަގަ ކުރާނެ ގޮތްތަކަށް ޝައުގުވެރި ކުރެވޭނެއެވެ. އަދި ފަންނީ ގޮތުންނާއި، ދިރާސާގެ ތެރެއިން ކަންކަން ދެނެގަންނާނޭ ގޮތްތައް ދަސްކޮށްދެވޭނެއެވެ. 

  • ދިވެހި ބަހާއި އަދަބިއްޔާތުގެ ތަފާތު ބައިތައް ތަހުލީލު ކުރާނޭގޮތް ދަސްކޮށްދީ، އެކަންކަން ދަރިވަރުންނަށް އުނގަންނައިދޭނޭ ގޮތްތައް ވެސް ދަސްކޮށް ދެވޭނެއެވެ. 

  • ކިޔަވައި ދިނުމުގެ ތެރޭގައި ދިވެހި ތާރީޚާއި ޘަޤާފަތުގެ މައްޗަށް ވިސްނައިގެން އެކަންކަން ތަހުލީލު ކުރާނެ ގޮތްތައް އޮޅުން ފިލުވައިދީގެން ކިޔަވައިދޭން ދަސްކޮށް ދެވޭނެއެވެ. 

  • އުނގަންނައިދިނުމާއި، އިސްނަގައިގެން މިނިވަންކަމާ، ހުނަރުވެރިކަމާއެކު ކަންކަން ޒިންމާދާރުކަމާއެކު ކުރާނޭގޮތްތައް ދަސްވާނެއެވެ. 

  • އުނދަގޫ މައްސަލަތައް ކުރިމަތިވުމުން އަމިއްލަ ވިސްނުމާއެކު އެކަންކަން ޙައްލު ކޮށްގެން ކުރިއަށް ދާނޭ ގޮތްތައް ދަސްވާނެއެވެ. 

  • އަލަށް ކުރިމަތިވާ މައްސަލަތަކާ ކުރިމަތި ލައިގެން، ހުނަރުވެރި ކަމާއެކު އެކަންކަން ޙައްލު ކުރަމުން ޒިންމާދާރުކަމާއި ގާބިލު ކަމާއެކު މަސައްކަތް ކުރަމުން ދާނޭ ގޮތްތައް ދަސްވާނެއެވެ. 

  • ތިމާގެ އަމިއްލަ މަސައްކަތް ތަކުގައިވެސް ޒިންމާދާރުވާނޭ ގޮތްތައް ދަސްކޮށްދީ، އެހެންމީހުން އުނގެނުމަށް ކުރާ މަސައްކަތުގައި އެހީތެރި ވެދޭނޭ މަގުތައް ފަހިކޮށްދީގެން ކުރިއަށް ދާނޭ ގޮތްތައް ދަސްވާނެއެވެ.

Videos

Aishath Shimla - Master of Teaching Dhivehi Language, FES

Aishath Shimla - Master of Teaching Dhivehi Language, FES

Aishath Shimla - Master of Teaching Dhivehi Language, FES

Aishath Shimla - Master of Teaching Dhivehi Language, FES

Aishath Shimla - Master of Teaching Dhivehi Language, FES

Aishath Shimla - Master of Teaching Dhivehi Language, FES

Aishath Shimla - Master of Teaching Dhivehi Language, FES

Aishath Shimla - Master of Teaching Dhivehi Language, FES

Share this program