ބެޗްލަރ އޮފް ޓީޗިން ދިވެހި ލޭންގުއޭޖު ޕްރޮގްރާމަކީ ކިޔަވައިދިނުމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުމާއި، ކަރިކިއުލަމާއި ޕެޑަގޮޖީއަށް އަންނަ ބަދަލުތަކާ އެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ދަރިވަރުންނަށް ބޭނުންވާ ތަޢުލީމާއި ތަރުބިއްޔަތު ފުރިހަމަކޮށްދިނުމަށް ދިވެހި މުދައްރިސުން ތައްޔާރު ކުރުމުގެ ބޭނުމުގައި ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ. މިގޮތުން، ޤައުމީ މަންހަޖުގައި ފާހަގަކުރައްވާފައިވާ ލަނޑު ދަނޑިތައް ޙާޞިލު ކުރުމަށްޓަކައި ދިވެހި ކިޔަވައިދެއްވާ މުދައްރިސެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދައުރާއި އެކަމަށް ބޭނުންވާ ހުނަރާއި ޤާބިލިއްޔަތު ލިބިދިނުން އެއީ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒެވެ.
މި ޕްރޮގްރާމުގައި ދިވެހިބަހާއި ލިންގުއިސްޓިކްގެ ބައިތަކާއި ތާރީޚުގެ ތަފާތު ބައިތައް ވަރަށް ފުންކޮށް ހިމެނިފައި ވާނެއެވެ. އަދި ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި، ހުނަރުތަކާއި، ކަރިކިއުލަމާއި އެސެސްމަންޓު ގެންދާނޭގޮތް ހިމެނިފައިވާނެއެވެ.
General Entry Criteria
2 passes in A Level/HSC (At GCE A/L, a pass is considered E and above. HSC pass is considered C and above) OR
Attainment of a Level 4 qualification in a related field OR
Attainment of a Level 4 Foundation Study Programme approved for the specific Diploma programme
Educational Psychology
Assessment and Evaluation
Teaching and Learning Strategies
Maldivian Language and Culture in Time
Introduction to Linguistics
Dhivehi Language 1
Dhivehi Language 2
Public Speaking
Teaching Practicum 1
Diploma in Teaching Dhivehi Language will be awarded after the completion of the first year
Introduction to Sociolinguistics
Phonetics and Phonology
Language Acquisition
Dhivehi Literature: Drama
ICT Skills for Teaching and Learning
Curriculum Studies and Classroom Practice
Morphology and Syntax
Educational Sociology
Course Fee: MVR 3,750 per month x 36 months
(MVR 2,308 per month under the government free degree scheme)
-ކާމިޔާބު ކަމާއެކު މިކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ތިރީގައި ބަޔާންކުރާ ކަންކަން ޙާޞިލު ވާނެއެވެ.
-ދިވެހި މުދައްރިސެއްގެ ގޮތުން ހަރަކާތްތެރި ވުމަށް ބޭނުންވާނޭ މިންވަރަށް މާއްދާ އޮޅުން ފިލާފައި ވުމާއިއެކު، ކިޔަވައި ދިނުމަށް ބޭނުންވާ ޕެޑަގޮޖިކަލް ނޮލެޖާއި ހުނަރު ލިބުން؛
-ދިވެހި ބަހުގެ ޤަވާއިދާއި ހަމަތައް އަދި އަދަބިއްޔާތާއި ގުޅޭ މުހިއްމު މަޢުލޫމާތުތައް އެނގި ބޭނުން ހިފުން؛
-ދިވެހި ތާރީޚާއި ޘަޤާފަތުގެ މުހިއްމު ބައިތައް އެނގުމާއިއެކު ކިޔަވައިދިނުމުގައި މި ބައިތައް ހިމަނައިގެން ކިޔަވައިދިނުން ކުރިއަށް ގެންދިއުން؛
-ކިޔަވައި ދިނުމާއި ގުޅޭ މުހިއްމު ތިއަރީތައް އޮޅުން ފިލާފައި ވުމާއެކު މި ތިއަރީތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ މާހައުލު ބައްޓަން ކުރާނޭ ގޮތާއި ކިޔަވައިދިނުން ކުރިއަށްގެންދާނޭގޮތް ދަސްވުން ؛
-ޤައުމީ މަންހަޖުގެ މަޤްޞަދުތައް ޙާޞިލު ކޮށް 21 ވަނަޤަރުނަށް ބޭނުންވާނޭ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވޭނޭ ގޮތަށް މާއްދާގެ ކިޔަވައިދިނުން ރޭވުމާއި، މެޓީރިއަލް ތައްޔާރު ކުރުމާއި، ކިޔަވައިދިނުން ބައްޓަންކުރަން އެނގުން؛
-އައި.ސީ.ޓީގެ އެހީގައި ދިވެހި ބަސް ކިޔަވައިދިނުމަށް ބޭނުންވާނޭ ހުނަރާއި ޤާބިލިއްޔަތު ލިބުން؛
-ތަފާތު އެކިފެންވަރުގެ ކުދިންނާއި ޙާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމުގައި އެ ދަރިވަރުންގެ ބޭނުންތަކަށް ސަމާލުކަން ދިނުމާއެކު، އެ ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގެ ހުނަރާއި ޕްރޮފެޝަނަލް ޤާބިލިއްޔަތު ލިބުން؛
-ޤައުމީ މަންހަޖުގައި ކަނޑައެޅިގައިވާ ލަނޑުދަނޑިތައް ދެނެގަނެ، މާއްދާގެ މަޤްޞަދު ތަކާއި، ސަކްސެސް ކްރައިޓީރިއާ ތަކަށް ރިއާޔަތްކޮށް އެސެސްމެންޓް ކޮމްޕޯނަންޓްތައް ފަރުމާކޮށް، ކުރިއަށް ގެންދަން އެނގުން؛
-ކިޔަވައިދިނުމުގައި ރިފްލެކްޓިވް ޕްރެކްޓިސް ބޭނުންކުރުމާއެކު އަމިއްލަ ޕްރޮފެޝަނަލް ކުރިއެރުމަށް މަސައްކަތް ކުރުން؛
-އެހެން މީހުނާއި ގުޅިގެން ޒިންމާދާރުކަމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށްދިޔުމުގެ ގާބިލްކަންލިބުން.